އިންޓަރނެޓް ބޭނުންކުރުމަށް ޑޭޓާ އެލަވަންސް، އަދި މަޤްބޫލް މޯބައިލް އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިފައިވާ ތިން ޑޭޓާ ޕެކޭޖެއް "އެޕްއެންގޭމް ޕެކް"ގެ ނަމުގައި އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މި ޕެކޭޖްތަކަކީ އަގުހެޔޮ ޕެކޭޖުތަކެއް ކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން ސްނެޕްޗެޓް، ސައުންޑްކްލައުޑް، ކްލޭޝް އޮފް ކްލޭންސް ފަދަ އެޕްލިކޭޝަން ތަކާއި، އައިއެމްއޯ ފަދަ ސްމާރޓްފޯން ބޭނުންކުރައްވާ މީހުން އެޕްތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް މީގެ ތެރޭ ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދު އުރީދޫ އިން ތައާރަފްކުރި ތިން ޕެކޭޖް:

• 159 ރުފިޔާއަށް 1.5ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 711 އެމްބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 50 މިނެޓް

• 259 ރުފިޔާއަށް 4ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 1 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 150 މިނެޓް

• 359 ރުފިޔާއަށް 8ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 2 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 250 މިނެޓް

އުރީދޫ އެޕްއެންގޭމް ޕެކޭޖްތަކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭނެ ޕެކޭޖްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ އިން ބުނީ ޒުވާނުންގެ މެދުގައި މަޤްބޫލް ސްނެޕްޗެޓް އަދި އައިއެމްއޯ މެދުވެރިކޮށް ރައްޓެހިންނާ މުޢާމަލާތް ކުރާ މީހުންނާއި ސައުންޑްކްލައުޑް މެދުވެރިކޮށް މިޔުޒިކް ސްޓްރީމް ކުރައްވާ މީހުން އަދި ފޯރިގަދަ ސްމާރޓްފޯން ގޭމް ކްލޭޝް އޮފް ކްލޭންސް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ޕެކޭޖްތައް އެއް މަސްދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށެވެ.

އުރީދޫ އެޕްއެންގޭމް ޕެކް އެކްޓިވޭޓް ކުރުމަށް #2*929* އަށް ޑަޔަލް ކުރާށެވެ.

އުރީދޫ އިން ބުނީ އާ ޚިޔާލުތަކާއި އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ކަސްޓަމަރުންނަށް، ވަކިން ޚާއްޞަކޮށް ސްމާރޓްފޯން ބޭނުން ކުރާ މީހުންނަށް އެކަށޭނަ ޚިދުމަތްތައް ތަޢާރަފްކުރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

މިދިޔަ ހަފްތާ އުރީދޫއިން ވަނީ މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް "ލަވަފޮށި" އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފައެވެ. މި ޕާރޓްނަރޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ 4G+ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.