17 Dec 2017, 10:40
ވިލާޓްރޭޑް ސެންޓަރަށް ވަދެ ވައްކަން ކުރަން އުޅުނު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު އަމީނީ މަގުގައި ހުންނަ ވިލާ ޓްރޭޑް ސެންޓަރު 5 ގެ ތެރެއަށް ވަދެ އެތަނުގެ ތިޖޫރީ ހަލާކުކޮށްލައި ފައިސާތަކެއް ވަގަށް ނަގަން އުޅެނިކޮށް ކަމަށެވެ.
އެ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވަނި އެ އޮފީސްތެރޭގައި ވައްކަން ކުރަން މަސައްކަތް ކުރަމުންދަނިކޮށެވެ. އަދި ހަތަރުވަނަ މީހާ ހައްޔަރުކޮށްފައިވަނީ އެ އޮފީހުން ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށްކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްްފައިވަނީ، އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ، 23 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.