09 Aug 2011, 16:01
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ގަލޮޅު ޕްލެޒެންޓްވޭވްސް އަޙްމަދު މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ޗީފް އޮފް ސްޓާފް ކަމުގެ މަގާމަކީ، ވަޒީރުން ފެންވަރުގެ މަގާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބެއްލެވުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގެވުމުގެ އެންމެ އިސް ބޭފުޅަކީ ޗީފް އޮފް ސްޓާފް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވި އަޙްމަދު މަޢުޞޫމް މިހާތަނަށް ހުންނެވީ، އެއޮފީހުގެ ފައިނޭންސް ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ.