17 Dec 2017, 10:05
ދެހާސް ހަތްވަނަ އަހަރު ނުކުތް ކޮމެޑީ ފިލްމް 'ޕާޓްނަރ" އަށް ފަހު ސަލްމާން ހާނާއި ގޯވިންދާގެ ފެނިލުމެއް ފެނިފައެއް ނުވެއެވެ.
ޑޭވިޑް ދަވަން އުފެއްދި ކާމިޔާބު ކޮމެޑީ ފިލްމު ޕާޓްނަރުގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކައެވެ. އެ ސިލްސިލާގެ ދެވަނަ ފިލްމެއްގެ އިންތިޒާރުގައި ބެލުންތެރިން ތިއްބާ މިވަނީ ފިލްމްގެ ދެވަނަ ބައެއް ވަރަށް އަވަހަށް ނުކުންނަށް އުޅޭކަމަށް ފިލްމްގެ ޕްރޮޑިއުސަރު ބުނެފައެވެ.
ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ "ޕާޓްނަރ 2" ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ސޮހައިލް ހާން އެވެ.
ސޮހައިލް ބުނީ ފިލްމުގެ ފުރަތަމަ ބަޔަށް ވުރެ ދެވަނަ ބައި ފުރިހަމަ ކުރަން އޭނާ ބޭނުންވާ ކަމަށާއި ފިލްމް ކޮލެޓީ ފިލްމަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ. އަދި ފިލްމްގެ މަސައްކަތް ފަށާނީ ވަރަށް ހަމަޖެހިލައިގެން ކަމަށް އޭނާ ބުންޏެވެ.
ގޯވިންދާ އާއި ސަލްމާނާ ދެމެދު މައްސަލަތަކެއް ޖެހުމުން އެ ދެތަރިން ދެން އެކުގައި ފިލްމެއް ނުކުޅޭނެ ކަމުގެ ވާހަކަތައް ފެތުރިފައި ވީނަމަވެސް އެ ވާހަކަ އެ ދެ ތަރިން ވަނީ ދޮގުކޮށްފައެވެ.
ޕާޓްނަރ 2ގެ ކާސްޓު އަދި އިއުލާންކޮށްފައެއް ނުވެއެވެ. ފިލްމްގެ ފުރަތަމަ ބައިން ސަލްމާނާއި ގޯވިންދާގެ އިތުރުން ފެނިގެން ގޮސްފައިވާ ތަރިންނަކީ ކެޓްރީނާ ކައިފް އަދި ލާރާ ދައްތާ އެވެ.