16 Dec 2017, 18:16
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އަތުވެއްޖެއެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަމެހެމާން، ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އައުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މާދަމާ ލަންދޫ އާއި މިލަދޫ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗަށް ޑްރޮގްބާ ރާއްޖެ އައިސްފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ކީ މުބާރާތުގެ އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އާއި މަޖިލިހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިިކާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއެވެ. މީގެ އިތުރުން ދިވެހި ބައެއް ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ ޑްރޮގްބާ އަށް މަރުހަބާ ކިޔާފައެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަމެހެމާން، ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އައުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޑްރޮގްބާ އެ މުބާރާތުގެ ފައިނަލަށް ގެނައުމުން ރާއްޖޭގެ ފުޓުބޯޅަ އަށް ސަޕޯޓުކުރާ ގިނަ މީހުންގެ އިތުރުން ނ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ގިނަ އަދަދެއްގެ ރައްޔިތުން މާޅެންދުއަށް ދާނެ ކަމަށް ބެލެވެއެވެ.
ޗެލްސީއާ 2004 ވަނަ އަހަރު ގުޅުމަށް ފަހު ޑްރޮގްބާ ވަނީ އެ ޓީމާއެކު ހޭދަކުރި ނުވަ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށް އެއް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. މީގެ އިތުރުން އޭނާ ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް އައިވޮރީ ކޯސްޓު ފީފާ ވޯލްޑް ކަޕަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަމެހެމާން، ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އައުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަމެހެމާން، ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ އައުން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިދިޔަ އަހަރު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލަށް ރާއްޖެ ގެނެސްފައި ވަނީ ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ.