16 Dec 2017, 17:06
ކަނޑުމަތިން އޮޔާދިޔަ ދެ ބިދޭސީއަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 12:05 ހާއިރު ވިލިނގިއްޔާ ފޭދޫ ފިނޮޅާ ދޭތެރޭ ކަނޑުން އޮޔާދިޔަ ޑިންގީ އަކާ އޮޔާ ދިޔަ މީހަކު ސަލާމަތް ކުރި ކަމަށެވެ. ޑިންގީ ގައިވެސް މީހަކު އޮތް ކަމަށާ އެ ދެމީހުންނަކީވެސް ބިދޭސިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމީހުން ސަލާމަތް ކުރީ ފުލުހުންގެ ލޯންޗަކުން ކަމަށާއި، ސަލާމަތް ކުރި ޑިންގީ އަކީ ވިލިނގިއްޔާ ދޭތެރޭ އޮތް ބޯޓެއްގެ ޑިންގީ އެއް ކަމަށެވެ. ޑިންގީ އޮޔާ ދިޔައީ އިންޖީނު ހުއްޓިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ކަނޑުމަތިން ސަލާމަތް ކުރި މީހާ އަކީ ޑިންގީ އޮޔާ ދާން ފެށުމުން އެ ޑިންގީ ސަލާމަތް ކުރުމަށް، ބޯޓުން ފުންމާލި މީހެއް ކަމަށާއި ދެ ބިދޭސިންނާއި ޑިންގީ ބޯޓާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.