16 Dec 2017, 10:42
މޯލްޑިވިއަން އައިޑަލްގެ މާލޭ އޮޑިޝަން ރަސްރަނި ބަގީޗާގައި ކުރިއަށް އެބަދެ އެވެ.
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ ފުރަތަމަ ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ ދެ އޮޑިޝަންއެއް މިހާތަނަށް ވަނީ ބާއްވައިފަ އެވެ. އެމީ ރ. އުނގޫފާރު އޮޑިޝަން އާއި އައްޑޫ ސިޓީ އޮޑިޝަން އެވެ.
އައިޑަލްގެ ތިން ވަނަ ސީޒަންގެ އެންމެ ފަހު އޮޑިޝަން މިއަދު މާލޭ ސިޓީގައި ފަށާއިރު އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.
އައިޑަލްގެ މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ފާއިތުވި ދެ ސީޒަންގައި ވެސް ޖަޖެއްގެ ގޮތުގައި ފެނިގެން ދިޔަ މަރިޔަމް އުނޫޝާ އާއި މިދިޔަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ވެސް ފެނިގެން ދިޔަ އިސްމާއިލް އައްފާންގެ އިތުރުން ސީޒަން އެކެއްގައި ފެނިގެން ދިޔަ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ)ގެ އިތުރުން މުޅިން އަލަށް އައިޑަލްގެ ޖަޖުންގެ ޕެނަލާ ގުޅުނު ޒާރާ މުޖްތަބާ އެވެ.
If you think you have what it takes to be the next#MaldivianIdol, come show your talent!
We are at Rasrani Bageecha!pic.twitter.com/vGEOutFJFY— Maldivian Idol (@Maldivian_Idol)December 16, 2017
ހޯސްޓުންގެ ގޮތުގައި ފެނިގެންދާނީ އައިޑަލްގެ ފުތަރަމަ ސީޒަނުން ފެށިގެން ބެލުންތެރިންގެ ލޯބި ހޯދާފައިވާ މޫސާ ވަސީމްގެ އިތުރުން ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.
އައިޑަލްގެ މިފަހަރުގެ ވެސް ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. މެއިން ސްޕޮންސަރަކީ މިފަހަރު ވެސް އެލައިޑް އިންޝުއަރެންސް އެވެ. ކޯ ސްޕޮންސާ ޕްލަސް އަކީ ވިލާ ކޮލެޖެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ.