23 May 2010, 10:44
14:30
އަމީރު އަހުމަދު ސްކޫލް ގްރޭޑް 10 އެއްގެ ކުދިން ޓެސްޓަށް ދިޔައިރު ބައެއް ޕޭޕަރު ޕްރިންޓް ކޮށްފައިނެތުމުގެ ސަބަބުން ޓެސްޓް ކެންސަލްކޮށްފި އެވެ.
އެ ސްކޫލްގެ ސްޕަވައިޒަރެއް ކަމަށްވާ އަހުމަދު އަރީފް މިއަދު ވިދާޅުވީ ޓެސްޓު ކެންސަލް ކުރަން ޖެހުނީ އިކޯން ޕޭޕަރު ހަދާ ދަރިވަރުން ޓެސްޓަށް ދިޔައިރު އެއް ޕޭޕަރު ޕްރިންޓްކޮށްފައި ހުރި އިރު ޕޭޕަރުގެ އަދަދު މަދުވެފައި ވާތީ އާއި އަދި އަނެއް ޕޭޕަރު ޓީޗަރު ލާފައި ހުރިތަން ނޭންގުމުގެ ސަބަބުންނާއި އެކަމާ ގުޅޭ ގޮތުން ޕްރިންޓް ކުރާ ކުއްޖާއާއި ޕޭޕަރުތަކާ ހަވާލުވެގެން ހުންނަ ޓީޗަރާއި އެކަށީގެންވާ ވަރަށް މުޢަމަލާތު ކުރެވިފައި ނުވާތީ ޕޭޕަރު ހޯދުމުގައި ލަސްވާތީ ކަމަށެވެ. އަދި އެ ޓެސްޓަކީ ދެ ޕޭޕަރު ހިމެނޭ ތިން ގަޑިއިރުގެ ޓެސްޓަކަށް ވެފައި ދަރިވަރުންނަށް ޓެސްޓު ދިނުން ލަސްވާނެތީއާ ވަގުތު ހަމަނުވާތީ ޓެސްޓު ފަސްކުރަން ޓީޗަރުންގެ ލަފާގެ މަތިން ނިންމީ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ. އަރީފް ވިދާޅުވީ ގަޑިއިތުރު ކުރެވެން ނެތީ މެންދުރުފަހުގެ ސެޝަންގެ ކުދިންގެ ޓެސްޓް އޮންނާތީ ކަމަށެވެ. އަދި ދެން އެ ޓެސްޓް ދެނީ ބުދަ ދުވަހު ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.