ރ. މަޑުއްވަރީ ގޮނޑުދޮށުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

މަޑުވައްރީ ކައުންސިލްގެ ރަޢީސް އަހުމަދު ރަފީއު މިއަދު ވިދާޅުވީ މަޑުއްވަރީ އިރުމަތީގޭ ދާއޫދު މުހައްމަދު ގެއްލިގެން ރަށު ކައުންސިލަށް އެންގީ ރޭ ހާރުދަމު އޭނާ އަތިރިއަށް ދިޔަ ގޮތަށް ގެއަށް ނައުމުން ކަމަށެވެ. އަދި އަށްޑިހަ އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ދާއޫދު މަރުވެފައި އޮއްވައި ފެނިފައި ވަނީ ފަތިހު ފަހެއް ޖެހި ފަހުން ގޮނޑުދޮށުން ރާޅުޖަހާ ހިސާބު ކައިރީގައި އޮއްވައި ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ދާއޫދު ގޮނޑުދޮށަށް ދިޔައީ އަތިރިއަކަށް ކަމަށް އާއިލާގެ މީހުން ބުނާ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ދާއޫދު މަރުވެގެން ވެއްޓުނީ ކަމަށް ވެސް، އާއިލާއާ ހަވާލާދީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އިއްޔެ ވަނީ ކ. ދިއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ވެސް މޫދުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.