އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާ ގުޅެން ބޭނުންވާ ކަމަށާއި އެ ކްލަބާ އެކު ނުރަސްމީގޮތެއްގައި ވާހަކަ ދެކެވިފައިވާ ކަމަށް އިންޓަރމިލާންގެ ހޮލެންޑް ތަރި ވެސްލޭ ސަނެއިޑާ ބުނެފި އެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް މިދިޔަ ސީޒަން ނިމުމާ އެކު މެންޗެސްޓާ ޔުނައިޓެޑުންދިޔައީ މަސައްކަތްކުރަމުންނެވެ.

ރަނގަޅު އަގެއް ކިޔައިފި ނަމަ ސްނެއިޑާ ދޫކޮށްލާނެ ކަމަށް ބުނެފައިވާ އިންޓަމިލާން ބޭނުންވަނީ ފައިސާކަމަށް ސްނެއިޑާ މިދިޔަ އާދީއްތަ ދުވަހު ހާމަކޮށްފައިވެ އެވެ. މިހާރު ސްނެއިޑާ ބުނަމުންދަނީ އޭނާ މެންޗެސްޓާ ޔުނައިޓެޑާއި ގުޅެން ބޭނުންވާ ކަމެވެ.

"އަހަރެން ބޭނުން މެންޔޫއާއި ގުޅެން. އަދި ރަސްމީގޮތުން އެއްބަޔަކު ވެސް ނުގުޅޭ. ނަމަވެސް ނުރަސްމީކޮށް ވާހަކަ ދެކެވުނު. މިހާރު އަހަރެންނަކީ އިންޓަމިލާން ކުޅުންތެރިއަކަށް ވިޔަސް އަހަރެން ކްލަބް ދޫކޮށް ދިއުމުގެ ފުރުސަތެއް ވެސް އެބައޮތް. ރަނގަޅު ހުށަހެޅުމަށް ލިބިއްޖެ ނަމަ އިންޓަމިލާން އިން އަހަރެން ދޫކޮށްލަން ޖެހޭނެ. ކްލަބުން އަހަރެން ބޭނުންވިޔަސް އަހަރެންގެ ދޫކޮށްލާނެކަމުގެ ފުރުސަތު އެބައޮތް." ސްނެއިޑާ ބުންޏެވެ.