15 Dec 2017, 10:26
ކާޓޫނު ފިލްމުތައް އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް ވޯލްޓް ޑިޒްނީ ކުންފުނިން، ޓުވެންޓީ ފަސްޓު ސެންޗަރީ ފޮކްސް ކުންފުނި، 52.4 ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެއްޖެއެވެ.
ޑިޒްނީން ބުނީ، އެ އެއްބަސްވުމުގެ ދަށުން ޓުވެންޓީ ފަސްޓު ސެންޗަރީގެ ސްކައި ޗެނަލްގެ 39 ޕަސެންޓުގެ ހިއްސާއާއި އަދި ފޮކްސް ފިިލްމު ސްޓޫޑިއޯ ވެސް، ޑިޒްނީގެ ކުންފުނީގެ ދަށަށް ދާނެ ކަމަށެވެ.
އެ އެއްބަސްވުމާއެކު ޓުވެންޓީ ފަސްޓު ސެންޗަރީގެ ވެރިޔާ ރޮބަޓް މުރްޑޯކް އޭނާ ވިޔަފާރި ފުޅާކުރުމަށް ކުރަމުން އައި މަސައްކަތް މަޑުޖެހިގެންދާނެއެެވެ.
އުމުރުން އެންމެ އެކާވީސް އަހަރުގަައި، އޮސްޓްރޭލިޔާގައި ނޫހެއް ހިންގަން ފެށި ރޮބާޓް ވަނީ އޭނާގެ ވިޔަފާރި ފުޅާކޮށް މުޅިދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު ނޫހަށް ހަދައި އަދި ފިލްމީ ބޮޑު ވިޔަފާރިއެއް ފަށައިފައެވެ.
ޓުވެންޓީ ފަސްޓު ސެންޗަރީ ގަތުމުގެ ސަބަބުން އެ ކުންފުނިން އުފައްދައިފައިވާ ފިލްމުތައް ކަމަށްވާ ސްޓާވޯސް، އެވަޓާ އަދި ޑެޑްޕޫލް ސީރީޒްގެ ފިލްމުތަކުގެ މިލްކުވެރިކަން ވެސް ޑިޒްނީގެ ދަށަށް ދާނެއެވެ. އެ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ވަރަށް ގިނަ އަދަދަކަށް ފައިސާ ހޯދައިފައިވާ ފިލްމުތަކެކެވެ.
ޑިޒްނީގެ ޗީފް އެގްޒެކެޓިވް ބޮބް އިގާ ވިދާޅުވީ، ޓުވެންޓީ ފަސްޓު ސެންޗަރީ ގަތުމުން އެކުންފުންޏަށް އިތުރު ކާމިޔާބީއެއް ލިބިގެން ހިނގައްޖެ ކަަމަށާއި އަދި މިއީ ސްޓާ ވޯޒް އަދި އެވަޓާގެ އިތުރު ފިލްމުތަކެއް ހެދުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
މަސްދަރު: ބީބީސީ