14 Dec 2017, 09:02
ލަވައެއްގެ ވީޑިއޯގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ މަންޒަރުތައް ހިމެނިފައިވާތީ މިސްރުގެ އަންހެން ލަވަކިޔުންތެރިއަކު ޖަލަށް ލައިފިއެވެ.
ގާހިރާގެ ކޯޓަކުން ވަނީ އުމުރުން 21 އަހަރުގެ ޝައިމާ އަހުމަދު (ޝީމާ) މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވައި، 10،000 މިސްރު ޕައުންޑުން (13376 ޑޮލަރު) ޖޫރިމަނާ ކޮށްފައެވެ.
ޝީމާގެ ލަވައާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ވީޑިއޯ ގައި ހިމެނޭ މަންޒަރުތަކުގެ ސަބަބުން ފާޑުކިޔުންތައް އާމާޒުވެފައިވަނިކޮށް ޝީމާ ވަނީ ފޭސްބުކް މެދުވެރިކޮށް މައާފަށް އެދިފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ތެރޭގައިވެސް މިސްރުގެ ކޯޓަކުން ވަނީ އާންމު އިޖްތިާއީ މިންގަނޑާ ނުގުޅޭ ލަވައެއްގެ ސަބަބުން ލަވަކިޔުންތރިއަކު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.