ފެޝަނަކީ އެއްދުވަހުން އަނެއް ދުވަހަކަށް ބަދަލުވަމުންދާ އެއްޗަކަށްވާ އިރު މިފަހަކަށް އައިސް "ޒަމާނީ ފެޝަން" އަށް ވެފައި އޮންނަނީ ނަވާރަސަތޭކައިގެ އަހަރުތަކުގައި ފެނިގެން ދިޔަ ފެޝަންތަކުގައި ކޮންމެވެސް ވަރަކަށް "ފަހުގެ ކުލަ" ޖެހިގެން އައިސްފައިވާ ޓްރެންޑްތަކެވެ.

މިހާރު މަގުބޫލު ފެޝަން ޓްރެންޑްތަކަށް ބަލާއިރު "އޮފް ޝޯލްޑާ" އަކީ މިދިޔަ އަހަރާއި މި އަހަރު ވައިގައި ހިފި ޓްރެންޑެކެވެ. އަންނަ އަހަރު އެންމެ މަގުބޫލުވާނެ ކަމަށް ލަފާކޮށްފައި ވަނީ ކަވާޑް ޝޯލްޑާސް ނޫނީ ވަން ޝޯލްޑާ އެވެ.

މިއަހަރު އެންމެ މަގުބޫލު ކުލަތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ މިލޭނިއަލް ޕިންކެވެ. އަންނަ އަހަރު އެންމެ މަގުބޫލު ވާނެ ކަމަށް ބެލެވޭ ކުލައަކީ އަލްޓްރާ ވައިލެޓް ކަމަށް ފެޝަން ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

ޗޯކާސް އަކީ ވެސް މިހާރު މަގުބޫލު ޓްރެންޑެކެވެ. މަޑުމަޑުން މި ޓްރެންޑް ފޮހެވެމުން ދާ އިރު، އަންނަ އަހަރު މިއީ "އައުޓް ޑޭޓޭޑް" ޓްރެންޑަކަށް ވާނެ އެވެ. އަންނަ އަހަރު ވައިގައި ހިފާނެ އެކްސަސަރީ އަކީ "ސްޓޭޓްމެންޓް އިޔަރިންގްސް" އެވެ.

ކްރޮޕް ޓޮޕްސްގެ ޒަމާން ވެސް މިހާރު ނިމުމަކަށް އަންނަނީ އެވެ. ގިނަ އަހަރުތަކެއް ވަންދެން ވައިގައި ހިފާފައިވާ މި ޓްރެންޑަށް އަންނަ އަހަރު ނޫނެކޭ ބުނަން ޖެހޭނެ އެވެ. ފެޝަންގެ ދުނިޔޭގައި ކްރޮޕް ޓޮޕްްސްގެ ޒަމާން އަނެއްކާ ވެސް ނިމުމަކަށް އައީ އެވެ. ކްރޮޕް ޓޮޕްސްގެ ބަދަލުގައި ދެން އެންމެ މަގުބޫލު ވާނީ މިޑް ރިޕްސް އެވެ.