09 Aug 2011, 13:39
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީޓީ ޓީމު މިއަދު ސީޝެލްސްއާއި ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެއްޖެ އެވެ.
އަންހެން ޓީމު އިވެންޓްގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވެފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ސީޝެލްސްއާ ދެކޮޅަށް ފުރަތަމަ ކުޅުނު ޝިއުރާ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް ދެވަނަ މެޗްގައި މުއީނާވަނީ އޭނާ ކުޅުނު ސިންގަލްސް މެޗް ކާމިޔާބުކޮށްފަ އެވެ.
ތިން ވަނަ އަށް ކުޅުނު ޑަބަލްސް މެޗްގައި މުއީނާ އާއި ނިޝާ ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. އަދި ހަތަރު ވަނަ މެޗްގައި މުއީނާ ކުޅުނު މެޗުން އޭނާ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ.
މިމުބާރާތުގައި ދެން ރާއްޖެ ކުޅޭނީ މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 1400 ގައި މަޑަގަސްކަރައާއި ދެކޮޅަށެވެ.