14 Dec 2017, 17:43
ވަރުން ދަވަންގެ ކުރިއަށް އޮތް ފިލްމު "ސުއި ދާގާ"އަށް ތައްޔާރުވުމަށް ވަރުން ފަހަން ދަސްކުރަން ފަށައިފިއެވެ.
ޔަޝް ރާޖް ފިލްމްސްގެ "ސުއި ދާގާ - މޭޑް އިން އިންޑިއާ"ގައި ވަރުން އަދާކުރާނީ ފަހާ މީހެއްގެ ރޯލެވެ. ޔަޝް ރާޖް ފިލްސްގެ އޮފިޝަލް ޓްވިޓާ ޕޭޖުގައިވެސް ވަނީ ވަރުން ފަހަން ދަސްކުރަން ފެށި ކަމަށް ބުނެ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައެވެ.
މި ފިލްމުގައި ވަރުންނާއެކު ދެން ފެންނާނީ އަނުޝްކާ ޝަރުމާއެވެ. މި ފިލްމަށް ތައްޔާރުވަން އަނުޝްކާ ފަށާނީ ޖެނުއަރީއަށް ފަހުއެވެ. ފިރިމީހާ ވިރާތު އާއެކު އަނުޝްކާ ސައުތު އެފްރިކާއަށް ދާން އުޅޭކަމަށް ހަބަރުތައް ބުނެއެވެ.
A dream,#MadeInIndia.He made it happen forhttps://t.co/SLYND4GSyN@SuiDhaagaFilmbows down to Mahatma Gandhihttps://t.co/BDwRo3YmX7
— Varun Dhawan (@Varun_dvn)October 2, 2017
މި ފިލްމަކީ އިންޑިއާގެ ބައްޕަ "މަހާތުމާ ގާންދީ"އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ފިލްމުގެ ސްކްރިޕްޓް ކިއުމަށްފަހު ފިލްމަށް އާނ ބަސް ބުނީ ފުރިހަމަ ފިލްމަކަށް "ސުއި ދާގާ" ވާނެ ކަން ޔަގީންކޮށްފައި ކަމަށްވެސް ވަރުން ވަނީ ބުނެފައެވެ.