14:30


އެޗްއެސްބީސީއަށް ފައިސާތަކެއް ޖަމާކުރަން ދިޔަ މީހެއްގެ އަތުގައި އޮތް ދަބަހެއް ފޭރިގަނެގެން މީހަކު ފިލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:30 ކަންހާއިރު އެހާދިސާ ހިނގީ އެޗްއެސްބީސީ އަށް ފައިސާތަކެއް ޖަމާކުރަން ދިޔަ އެމީހާ ބޮޑު ތަކުރުފާނު މަގު އެޗްއެސްބީސީ ކުރިމަތުގައި ހުއްޓައި ކަމަށާއި އެ ދަބަސް ފޭރިގަނެގެން ފިލި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް އެނގިފައިނުވާ ކަމަށެވެ. އަދި އެމީހާ ފޭރިގަނެގެންދިޔަ ދަބަހުގައި ހުރި ޗެކްތަކުގެ ޖުމްލަ އަދަދު އެނގިފައިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.


ފުލުހުން ބުނީ އެހާދިސާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެޗްއެސްބީސީއަށް ޖަމާކުރުމަށްގެންދިޔަ އެޗެކްތަކަކީ ކޮންތަނެއްގެ ޗެކްތަކެއް ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅެއްނުވެ އެވެ.