13 Dec 2017, 17:25
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން، ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ތަމްސީލްކުރާ ޖަމިއްޔާ މަޓާޓޯއާއި ސްރީލަންކާގެ ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ މެކުއޭ ރެން އެންޑް ޖޯންސްއާ ގުޅިގެން އެ ތަމްރީން ޕްރޮގްރާމް ފެށީ މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައެވެ.
މަޓާޓޯ އާއި ސްރީލަންކާގެ ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ މެކުއޭ ރެން އެންޑް ޖޯންސް އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ދެ ދުވަހަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ އެ ޕްރޮގްރާމުގައި ދެ ދުވަހުގައިވެސް ތަމްރީނުތައް ކުރިއަށްގެންދާނީ ތަފާތު ދެކަމަކަށް އަމާޒުކޮށްގެން ކަމަށް މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިން ބުނީ، އެ ތަމްރީން ޕްރޮގްރާމް އަމާޒު ކުރެވިފައިވާ މައިގަނޑު ދެ ބަޔަކީ "ޑީލިން ވިތު ޑިފިކަލްޓް ކަސްޓަމާސް" ނުވަތަ ހިތް ހަމަ ނުޖެހިފައި ތިބޭ ރުޅިގަދަ ކަސްޓަމަރުންނާ މުއާމަލާތް ކުރާނެގޮތާއި "މެނޭޖިން މަލްޓިޕްލް ޓާސްކް، އޮބްޖެކްޓިވްސް އެންޑް ޑެޑްލައިން" ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ކަންކަން ގަޑިޔަށް ނިންމުމާއި ބެހޭގޮން ކަމަށެވެ.
މަޓާޓޯ އާއި ސްރީލަންކާގެ ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ މެކުއޭ ރެން އެންޑް ޖޯންސް އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
މަޓާޓޯއިން އަބަދުވެސް މަސައްކަތް ކުރަނީ ޓޫރިޒަމްދާއިރާއާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ ޒަމާނީ ފެންވަރުގެ ތަމްރީންތައް ފޯރުކޮށްދީ ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ ދާއިރާ ކުރިއެރުވުމަށެވެ. އެގޮތުން އެފަދަ ޓްރެއިނިން ޕްރޮގްރާމްތަކާއި ފެއާތަށް މަޓާޓޯއިން އަބަދުވެސް އަންނަނީ ހިންގަމުންނެވެ.