އެލައިޑު އިންޝިއުރަސް ކުންފުނިން އައްޑޫގައި ދެމުން އަންނަ ހިދުމަތް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކީ ފޯރުކޮށްދިނުމަށް އެލައިޑުގެ އައްޑޫ ބްރާންޗް ލިންކް ރޯޑަށް ބަދަލުކޮށްފި އެވެ.

އައްޑޫގައި ފުރަތަމަ ބްރާންޗް ހުޅުވާފައި ހުރީ އައްޑޫސިޓީ ހިތަދޫގެ ނިއުޝާން ގޯޅީގަ އެވެ. އެލައިޑުގެ އައު އޮފީސް ބަދަލުކުރީ ހިތަދޫގެ ލިންކް ރޯޑުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްއާ އިންވެގެން ހުންނަ އިމާރާތަށެވެ.

އެލައިޑުން ބުނީ އައު އޮފީހަށް ހިދުމަތްތައް ބަދަލުވުމާ އެކު އެލައިޑުގެ ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޯށްދީ އަދި ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަލަށް ހުޅުވި އޮފީހަކީ ހިތަދޫގެ ލިންކްރޯޑުގައި އާންމުންނަށް ފަސޭހަކަމާ އެކީ އައިސްގޮސް އުޅެވޭނެ ހިސާބެއްގައި ހުރި ތަނެއް ކަމަށް އެލައިޑުން ބުންޏެވެ.

އައްޑޫސިޓީ ހިތަދޫގައި ހުޅުވި އެލައިޑުގެ އައު އޮފީސް-- ފޮޓޯ/ އެލައިޑް

އެލައިޑުން ބުނީ އެ ކުންފުނީގެ މާލޭ އޮފީހުން ލިބޭ ހުރިހާ ހިދުމަތެއް އައްޑޫގެ ބްރާންޗުން ވެސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހަލް އިންޝުއަރެންސް އިން ފެށިގެން ގޮސް އެލައިޑްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"ގެ ހިދުމަތްތައް ވެސް އައްޑޫ ބްރާންޗުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލައިޑުން އައްޑޫގައި ބްރާންޗު ހުޅުވައި ހިދުމަތްދޭންފެށީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެއީ އެލައިޑުން މާލޭން ބޭރުގައި ހުޅުވި ފުރަތަމަ ބްރާންޗެވެ.