އިނގިރޭސި ކްލަބް އާސެނަލްއިން ޗެމްޕިއަންޝިޕް ކްލަބް ސައުތެމްޓަންއަށް ކުޅެމުންއަންނަ ފޯވާޑް އެލެކްސް އޮކްސްލޭޑް-ޗެމްބަރލެއިން 12 މިލިޔަން ޕައުންޑަށް ގެންގޮސްފި އެވެ.

މިއަގާއިއެކު ޗެމްބަރލެއިން ގެންދިއުމުން އެކްލަބުން ދޫކޮށްލި އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ޗެމްބަރލެއިންވަނީ ވެފަ އެވެ.

ޗެމްބަރލެއިން އާސެނަލްއާއި ގުޅުނީ އެއްބަސްވުމުގައި ސޮއިކޮށް ހޯމަ ދުވަހު އެކްލަބާއިއެކު ހެދި މެޑިކަލް ޓެސްޓްތަކަށް ފަހު އެވެ.

ޗެމްބަރލެއިންއަކީ އާސެނަލް ތަރި ތިއޯ ވަލްކޮޓް ނަމޫނާއަކަށް ބަލައި އެފެންވަރަށް ކުޅުމަށް މަސައްކަތްކުރާ ކުޅުންތެރިއެކެވެ.

ވަލްކޮޓަކީ 9.1 މިލިޔަން ޕައުންޑަށް 2006 ވަނަ އަހަރު އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. ޗެމްބަރލެއިންގެ އަގުގެ ޖުމްލަ 15 މިލިޔަން ޕައުންޑް އަރާނެކަމަށް ބެލެވެ އެވެ.

އުމުރުން 17 އަހަރުގެ ޒުވާން ފޯވަޑަކީ ފަހަކަށް އައިސް އިނގިރޭސިވިލާތުގައި އުފެދުނު އެންމެ އިތުބާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ.

ސައުތެމްޓަން ޗެމްޕިއަންޝިޕަށް ޕްރޮމޯޓްކޮށްދިނުމަށް މުހިންމު ދައުރެއް ޗެމްބަރލެއިން މިދިޔަ ސީޒަންގައި އަދާކޮށްދީފައިވެއެވެ. ޗެމްބަލެއިންވަނީ ކުޅުނު 34 މެޗުން ނުވަ ގޯލް ސައުތެމްޓަންއަށް ކާމިޔާބުކޮށްދީފައެވެ.
ޗެމްބަރލެއިން ފާހަގަކޮށްލެވިފައިވަނީ ޑިފެންޑަރުންގެ ކިބައން ފަސޭހައިން ސަލާމަތްވާ ފޯވާޑް ލައިންގެ ދެފަޅިންވެސް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

މީގެއިތުރުން ޗެމްބަރލެއިންއަކީ ޑިފެންސަށާއި މެދުތެރެއަށްވެސް ކުޅެވޭނެފަދަ ފެންވަރެއްހުރި ކުޅުންތެރިއެކެވެ.