އދ. އަތޮޅުގައި އޮންނަ ރިސޯޓަކުން ސްނޯކްލިން އަށް ގޮސް އުޅުނު އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ ކޮން ރިސޯޓެއްގެ ސްޓާފަކު ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑު ސްޕާގެ މުވައްޒަފެކެވެ.

އަދި އޭނާ އަކީ އެ ރިސޯޓުގެ ޑައިވް ސެންޓަރުގައި މަސައްކަތް ކުރާ ޑައިވިން އިންސްޓުރަކްޓަރެއްކަން ވެސް ވަނީ އެނގިފައެވެ.

ފުލުހުން ބުނީ، އދ. އަތޮޅު ރިސޯޓަކުން ސްނޯކްލިންއަށް ގޮސް ގުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ 25 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހަވީރު ކަމަށެވެ.