އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މެރިޓް އެވޯޑް މޯލްޑިވްސް އޮލިމްޕިކް ކޮމީޓީގެ އޮނަރަރީ ޕްރެޒިޑެންޓް ޒާހިރު ނަސީރުއަށް އިއްޔެ ލިބިވަޑައިގެންފި އެވެ.

ސީޝެލްސްގެ ވާފް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޒާހިރުއާ މިއެވޯޑް ހަވާލުކޮށްދެއްވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕްރެޒިޑެންޓް އެވެ.

އެ ރަސްމިއްޔާތުގައި ސީޝެލްސްގެ ސްޕޯޓްސް މިނިސްޓަރުގެ އިތުރުން މިސަރަޙައްދުގެ އޮލިމްޕިކް ކޮމިޓީތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޒާހިރުއަށް މިއެވޯޑް ލިބިވަޑައިގެންފައި ވަނީ އެންމެ ފަހުން ބޭއްވި އެކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީއަށް ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ޒާހިރު ނަސީޜުގެ ނަން ހުށައެޅުމުގެ ސަބަބުން އޭނާ އެޖަމްއިއްޔާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ޒާހިރު ނަސީރަކީ އެ ޖަމްއިއްޔާ އުފެދުނީއްސުރެ އެޖަމްއިއްޔާގައި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތެކެވެ.