ދިމިޝްގު (12 ޑިސެމްބަރު) :ސީރިއާގައި ހަރަކާތްތެރިވަމުން އަންނަ ރަޝިއާ ސިފައިން އެ ގައުމުން ފޭބުމަށް ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިން އަމުރުކުރައްވައިފި އެވެ.

ސީރިއާ އަށް އިއްޔެ ކުރެއްވި ކުއްލި ޒިޔާރަތެއްގައި އެ ގައުމުގެ ލަތާކިޔާގައި ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒުގައި ޥާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ސީރިއާގައި ހަރަކާތްތެރިވާ ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ފޭބުމަށް ރަޝިއާގެ ޑިފެންސް މިނިސްޓަރަށް އަމުރުކުރައްވައިފައިވާ ކަމަށެވެ.

ފުޓިން ވަނީ ރަޝިއާގެ ސިފައިން، ސީރިއާގައި ހަރަކާތްތެރެވި ހައްދުފަހަނައަޅައިފައިވާ ހަނގުރާމަވެރި ގްރޫޕްތައް ނައްތާލުމަށް ސީރިއާ ސިފައިންނާ ގުޅިގެން ކުރި ހިތްވަރަށް މަރުހަބާ ވިދާޅުވެފަ އެވެ.

"ހައްދު ފަހަނައަޅައިފައިވާ ހަނގުރާމަވެރި ގްރޫޕްތައް ނައްތާލުމަށް ސިފައިންގެ ބޮޑު ލަޝްކަރަކަށް ނޫނީ ނުވާނެ. މިހާރު އެކަން ވެސް އެއޮތީ ގާތްގަނޑަކަށް ހަމައަކަށް ނިމިފައި،"ޕުޓިން ވިދާޅުވި އެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ސީރިއާ އިން ފޭބުމަށް ހަމަޖެހިފައި ވިޔަސް، ހުމައިމިމްގެ ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒާއި އަދި ޓާޓުސްގައި ހުންނަ ކަނޑުގެ މަރުކަޒުގައި ރަޝިއާ ސިފައިން ތިބޭނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ ސިފައިން ބޭލުމަށް ނިންމި އިރު ސީރިއާ އިން ވަނީ އެގައުމުން ޓެރެރިސްޓު ގްޜޫޕްތަކާ ދެކޮޅަށް ކުރި ހަނގުރާމަ ނިމުނުކަން އިއުލާންކޮށްފަ އެވެ.

ސީރިއާގައި ހަރަކާތްތެރިވި ހައްދުފަހަނަ އަޅާފައިވާ ގްރޫޕްތަކާ ދެކޮޅަށް 2016ގެ ސެޕްޓެމްބަރު މަހުން ފެށިގެން ދިޔައީ ވައިގެ ހަމަލާތައްދީ ހަދަމުންނެވެ.

ޕްރެސްޓީވީ