12 Dec 2017, 10:43
ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ކޮލިން ޓްރެވޮރޯގެ ފިލްމް "ޖުރެސިކް ވޯލްޑް"ގެ ދެވަނަ ބައި "ޖުރެސިކް ވޯލްޑް: ފޯލެން ކިންގްޑަމް"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.
ޖޭއޭ ބެޔޯނާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގައި ރިސް ޕްރެޓް އާއި ބްރައިސް ޑެލަސް ހޮވާޑްގެ އިތުރުން ޖަސްޓިސް ސުމިތު އާއި ޖޭމްސް ކްރޮމްވެލްގެ އިތުރުން ޓޯބީ ޖޯން ވެސް ފެނިގެންދާނެ އެވެ.
"މިއީ ޖުރަސިކް ވޯލްޑް ފްރެންޗައިޒްގެ ފަސް ވަނަ ފިލްމް ކަމުގައިވާ "ޖުރަސިކް ވޯލްޑް: ފޯލެން ކިންގްޑޮމް". މިހާރު ފިލްމްގެ ދެ ޓީޒާ ވާނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި. މިއީ ވަރަށް އެޑްވެންޗަރަސް ރީތި ފިލްމެއް. މި ބައިވެސް ކުރީގެ ބައިތަކާ އެއްގޮތަށް ޝައުގުން ފުރިގެންވާނެ. ފިލްމުގައި ދައްކުވައިދޭނީ ވަރަށް ހާއްސަ މެސެޖެއް. ފުރަތަމަ ސީން އިން ފެށިގެން ފިލްމްގެ ފަހު ސީން އާ ހަމައަށް ވެސް ދައްކުވައިދޭނީ އިބްރަތުން ފުރިގެންވާ މެސެޖުތަކެއް،" ޖޭއޭ ބުންޏެވެ.
ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.