09 Aug 2011, 12:58
ސ. ހުޅުމީދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 1:30 އެހާކަންހާއިރު އެ ތިން މީހުން ފުލުހުން ހައްޔަރު ކުރީ ބުލެޓް ސައިޒްގެ ޕެކެޓަކާ އެކު ކަމަށެވެ.
ފުލުހުން ރޭ ހައްޔަރު ކުރި މީހުންގެ ތެރޭ ހިމެނެނީ މީދޫ ދެ މީހަކާއި ހުޅުމީދޫ މީހެކެވެ.
ފުލުހުން ވަނީ ޕެކްޓްކޮށް، ރައްކާކޮށްފައި ހުރި މަސްތުވާތަކެތި ހުޅުމީދޫ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ވަޅުލައިފައި ހުއްޓާ މީގެ ދެ ދުވަސް ކުރިން ވެސް ހޯދާފަ އެވެ.