މާރާމާރީއަކާ ގުޅިގެން ގދ. ތިނަދޫއިން 11 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާރާމާރީގައި އެކަކަށް އަނިޔާ ވެފައިވާ ކަމަށާއި، މިހާރު އެމީހާއަށް ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މާރާމާރީގައި ދެ ސައިކަލަކަށްވެސް ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ދެ ސައިކަލުވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެ މާރާ މާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 12:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.