11 Dec 2017, 11:36
ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމު "ސުޕަ 30"ގައި ކިޔަވާ ކުދިންގެ ރޯލަށް 15000 އަށް ވުރެ ގިނަ ކުދިން އޮޑިޝަން ކޮށްފި އެވެ.
ސުޕަ 30ގައި ރިތިކް ފެންނާނީ "މެތް ވިޒާޑް" އާނަންދް ކުމާރުގެ ރޯލުންނެވެ. މޮހިންޖަ ދާރޯގައި ވެސް ރިތިކް ވަނީ ޓީޗަރެއްގެ ރޯލު ކުޅެފަ އެވެ. އާނަންދް ކުމާރުގެ ބަޔޯ ޕިކް ސުޕަ 30 ޑައިރެކްޓް ކުރަނީ މުކޭޝް ޗާބްރާ އެވެ.
މި ފިލްމުގައި ދަރިވަރުންގެ ރޯލަށް އޮޑިޝަން ކުރި 15000 ކުދިންގެ ތެރެއިން 78 ކުދިން ނެގުމަށް ފަހު އެކުދިންނަށް އެކްޓިން ވޯކްޝޮޕްތައް ހިންގަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
"ފަނަރަ އަހަރާއި 17 އަހަރާ ދެމެދުގެ 15000 އަށް ވުރެ ގިނަ ކުދިން އޮޑިޝަން އަށް އައި. ކުދިން މަދުކުރަމުން ގޮސް 78 ކުދިން ނަގައިގެން މިހާރު ކުރިއަށް މި ދަނީ. ޖުމްލަ 30 ކުދިން ނަގާނީ. މިމަހުގެ ނިޔަލަށް ކުދިން ފައިނަލް ކުރެވޭނެ،" ޑައިރެކްޓަރު މުކޭޝް ބުނެފައިވެ އެވެ.
ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ރިތިކް އާ އެކު ވެސް މި ކުދިންނަށް ވޯކްޝޮޕެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ސުޕަ 30 ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު 23 ގައެވެ.