09 Aug 2011, 09:59
އޮހާޔޯ (އޮގަސްޓް 8) : އެމެރިކާގެ އޮހާޔޯގައި ހަތިޔާރު އަޅައިގެންހުރި މީހަކު ބަޑިން ޙަމަލާދީ އަށް މީހަކު މަރާލައިފި އެވެ. އޮހާޔޯގެ ޓޮބްލީ ޓައުންޝިޕްގެ ފުލުހުން ބުނިގޮތުގައި ހަތިޔާރު އަޅައިގެންހުރިމީހާ މިޖަރީމާ ހިންގާފައި ވަނީ މިއަދު ކަމަށާއި ހަތަރު ތަނެއްގައި މީހުން މަރާފައިވާ ކަމަށާއި ހަތަރު ވަނަ ތަނުގައި ޖަރީމާ ހިންގުމަށްފަހު ފުލުހުންނަށް ޙަމަލާދިނުމުން ފުލުހުން ޙަމަލާދީ އެމީހާ މަރާލާފައިވާ ކަމުގަ އެވެ.
"ނިއުޒްނެޓް 5 " ވެބްސައިޓް ބުނިގޮތުގައި މިމީހާ ބަޑިން ޙަމަލާދިން މީހުންގެ ތެރެއިން މަރުނުވަނީ އެންމެ އަންހެނެކެވެ. އެއަންހެން މީހާވެސް ޙާލުބޮޑުކަމުން އަކްރޫން ހޮސްޕިޓަލްގެ އައި.ސީ.ޔޫ. ގައި އެޑްމިޓް ކޮށްފައިވާ ކަމުގައެވެ. މިމީހާ މަރާލި 8 މީހުންގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ. މިމީހާ މިޖަރީމާ ގެ ފަހަތުގައިވާ ސަބަބެއް އަދި ޖަރީމާއާބެހޭ މަޢްލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިހާދިޘާއަށްފަހު ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިމީހާ އެންމެ ފުރަތަމަ މަރާލާފައިވަނީ އޭނާގެ ގާލްފްރެންޑެވެ. ދެން ގާލްފްރެންޑްގެ ފިރިހެން ކޮށްކޮއެވެ. އެއަށްފަހު މަގުމަތިން ދެމީހަކު މަރާލުމަށްފަހު އެހެން ތަނެއްގައި 4 މީހަކު މަރާލާފައިވެއެވެ. އެމެރިކާގެ ސްޓޭޓްތަކުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ވަރަށް އާންމު ކަމެކެވެ. (އަލްޖަޒީރާ)