ސާޖިދު ޚާންގެ ފިލްމު 'ހައުސްފުލް'ގެ ހަތަރު ވަނަ ފިލްމުން އަބީޝޭކް ބައްޗަން ބޭރުކޮށްލައިފި އެވެ.

ފިލްމްގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާ ބުނީ އަބީޝޭކް ފިލްމުން ބޭރުކޮށްލަން ޖެހުނީ ފިލްމްގެ ކާސްޓުންނަށް ގެންނަން ޖެހުނު ބަދަލުގެ ސަބަބުންނެވެ.

ފިލްމުން އަބީޝޭކް ބޭރުކޮށްލުމުން އޭނާ ވަނީ ފިލްމުގައި ބައިވެރިކުރުމަށް ސާޖިދު ކުރެން އަހައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސާޖިދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކުރީގެ ތިން ފިލްމަށް ވުރެން މި ފަހަރުގެ ފިލްމްގެ ވާހަކަ މުޅިން ތަފާތު ވާނެ ކަމަށާއި ހަތަރު ވަނަ ފިލްމު ބިނާވެފައި ވާނީ ދެ ޒަމާނެއްގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.

'ހައުސްފުލް4' ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރު ދިވާލީ އާ ދިމާކޮށެވެ.

'ހައުސްފުލް' އަކީ ފްރެންޗައިޒް އެކެވެ. މިހާތަނަށް އެ ފްރެންޗައިޒްގެ ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް ވަނީ އައިސްފަ އެވެ. 'ހައުސްފުލް 3' ރިލީޒް ކުރީ މިދިޔަ އަހަރު އެވެ.

'ހައުސްފުލް'ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.