09 Dec 2017, 14:33
"ޗަކްދޭ އިންޑިއާ"ގެ ބަތަލާ ސާގަރިކާ ކަޓް އަދި ކްރިކެޓް ކުޅުންތެރިޔާ ޒަހީރް ހާންގެ ކައިވެންޏަށް ފަހު އެ ދެ ތަރިން ހަނީމޫން ހޭދަކުރުމަށް މީގެ ދެދުވަހެއް ކުރިން ވަނީ ރާއްޖެ އައިސްފައެވެ.
މުމްބާއީގައި ބޭއްވި ބޮޑު ޕާޓީއަށް ފަހު ސާގަރިކާ އާއި ޒަހީރް ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން އަންނަނީ އަޔާދާ މޯލްޑިވްސްގައެވެ.

އާޔާދާ މޯލްޑިވްސްގައި ސާގަރިކާ އަދި ޒަހީރް އަންނަނީ ހަނީމޫން ހޭދަކުރަމުން-- ފޮޓޯ/ އިންސްޓަގްރާމް
ސާގަރިކާ ބުނީ ރާއްޖެއަކީ އޭނާ އަބަދުވެސް އެންމެ އަންނަން ބޭނުންވާ އެއް މަންޒިލްކަމަށާއި މި ޗުއްޓީ އަކީ އެންމެ އުފާވެރިއެއް ޗުއްޓީކަމަށެވެ.
ހަނީމޫންގެ ފޮޓޯތައް ދެ މީހުންގެ އިންސްޓަގްރާމް ޕޭޖުގައި އާންމުކޮށްފައެވެ.
ސާގަރިކާގެ ޕޯސްޓުގައި ބުނެފައިވަނީ އެ ދެމީހުންގެ ފުރަތަމަ ޑައިވިންއަށް ގޮސްފައިވަނީ ރާއްޖޭގައި ކަމަށާއި ފުރަތަމަ ފަހަރަށް ޑައިވެއް ކުރުން އޭނާ ސިފަކުރަނީ ބޮޑު އުފަލެއްގެ ގޮތުގައިކަމަށެވެ.