ބޮލީވުޑްގެ ކުޅަދާނަ ބަޠަލާ ޝްރައްދާ ކަަޕޫރު، ފިލްމް 'ނިއުޓަން' އިން އެންމެ މޮޅު ބަޠަލުގެ މަގާމް ހޯދި ރާޖްކުމާރު ރޯއީއާ އެކީ ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ހޮރޯ-ކޮމެޑީ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމްގެ ޝޫޓިންތައް އަންނަ މަހު ފަށަން ހަމަޖެހިފައިވާކަމަށް ފިލްމްގެ ޓީމުން ބުންޏެވެ.

ފިލްމާ ގުޅޭ ގޮތުން ޝްރައްދާ ބުނީ އޭނާ އެންމެ ފިލްމް ކުޅެން ބޭނުންވި މީހާ އާ އެކީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި އަބަދުވެސް ރާޖްކުމާރާ އެކީ ފިލްމް ކުޅޭ ހިތްވާ ކަމަށެވެ.

"މިއީ އޭނާއާ އެކީ އަހަރެން ކުޅޭ ފުރަތަމަ ފިލްމް. ވަރަށް އުފާވި. އެންމެ ބޭނުންވި މީހާ އާ އެކީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުނީމަ. ވަރަށް ރަނގަޅަށް ފިލްމްގެ މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

ރާޖް ކުމާރު ބުނީ ފިލްމާ މެދު އޭނާ ވެސް ވަރަށް އުފާވާ ކަމަށާއި ޝްރައްދާ އަކީ އަބަދުވެސް އެއްކޮށް މަސައްކަތްކޮށްލަން ބޭނުންވެފައި ހުރި ތަރިއެއްކަމަށާއި ޝްރައްދާ ވެސް އޭނާ އާ އެކީ މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ފިލްމްގައި ޝްރައްދާ ކުޅެނީ ކުޑަ އަވަށެއްގައި ދިރިއުޅޭ ސިއްރުން ފުރިފައިވާ ދިރިއުޅުމެއް އުޅޭ އަންހެން ކުއްޖެއްގެ ބައެވެ. ގޮތް ނޭނގޭ މުޅިން ސިއްރުން ފުރިގެންވާ ދިރިއުޅުމެއް ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު ޑައިރެކްޓްކުރަނީ ރާޖް އެންޑް ޑީކޭ އެވެ. މިއީ މި ދެތަރިން އެއްކޮށް ފިލްމެއް ކުޅޭ ފުރަތަމަ ފަހަރެވެ.