09 Dec 2017, 09:12
އެމެރިކާއަށް އުފަން އެ ގައުމުގެ މަޝްހޫރު ރެޕާ އެމިނަމްގެ އާ އަލްބަމް "ރިވައިވަލް" މި މަހު 15 ގައި ނެރުމަށް ނިންމައިފިއެވެ.
އެ އަލްބަމްގައި ޖުމްލަ 19 ލަވަ ހިމެނޭއިރު، އެ ލަވަތަކުގައި ވެސް މަޝްހޫރު އެތައް ފަންނާނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެމިނަމް ކުރި ޓްވީޓްގައި ވަނީ ބުނެފައެވެ.
އެމިނަމް ބުނީ އެ އަލްބަމަކީ އޭނާއަށް ވަރަށް ހާއްސަ އަލްބަމެއް ކަމަށާއި އެ އަލްބަމް މި ނެރެނީ އަލްބަމެއް ނުނެރޭތާ ކުޑަ ދުވަސްކޮޅެއް ވެފައި ވަނިކޮށް ކަމަށެވެ.
"ރިވައިވަލް" އަކީ 2013 ގައި އެމިނެމް ނެރުނު އޭނާގެ "ދަ މާޝަލް މެދާޒް އެލްޕީ 2" އަށް ފަހު ނެރޭ ފުރަތަމަ އަލްބަމެވެ. މި އަލްބަމަކީ އޭނާގެ ނުވަ ވަނަ އަލްބަމެވެ.
އޭނާ ވަނީ އަލްބަމްގައި ހިއްސާވި ބިޔޯންސޭ، އެޑް ޝީރަން، ޕިންކް، އެލީޝިއާ ކީސް އަދި ސްކައިލާ ކްރޭ އަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ.