ރާއްޖޭގެ ދުވުމުގެ މައިދާނަށް މުޅިން އައު، އަދި އެހާމެ ކުލަގަދަ އިވެންޓް "ކަލާ ރަން" މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ތައާރަފްކޮށް އުރީދޫއިން ޔުނިކްސް ސްޕޯޓްސްއާ ގުޅިގެން ބޭއްވި އެ ދުވުމުގައި ކުދިބޮޑު އެކި އުމުރުފުރާގެ މީހުންނާއެކު 3000 އަށްވުރެ ގިނަ މީހުން މިއަދުވަނީ ބައިވެރިވެ ދުވެފައެވެ. ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި ބައިވެރިވި މީހުން ވަނީ ތަފާތު ކުލަތަކާއެކު ދުވުން ފުރިހަމަކޮށް ދުވުމުގައި ބައިވެރވި ކަމުގެ ހަނދާނީ މެޑަލް ހޯދާފައެވެ.

މިއަދުގެ އެ ދުވުން ކުރިއަށްދިޔައިރު ހަބޭސް ގުރޫޕުގެ ބޭންޑުތަކުންނާއި އެކުއަޓިކް ވައިބްއާއި ޑީޖޭ އާލިމް އަދި ޑީޖޭ ޑީވައިޑީގެ މިއުޒިކީ ހަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ.

ދުވުން ނިންމުމަށްފަހު ދުވުމުގެ ބައިވެރިންގެ މެދުގައި "ދަ މޮސްޓް އެންޓަޓެއިނިން ރަނާ"، "ދަ މޯސްޓް ފޭންސީ ރަނާ" ގެ އަންހެން އަދި ފިރިހެނެއް ހޮވައި އުރީދޫން 5000 ރުފިޔާ އާއި އައިކެއާ އޮޕްޓިކަލް އިން އިނާމެއްވަނީ ދީފައެވެ. އަދި އެ ދުވުން ކުރިއަށް އޮތް އަހަރުތަކުގައި ބާއްވާނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.