ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޗައިނާގެ ދުވަސްވީ ސްކޫލެއް ކަމަށްވާ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު މެޑަމް ފާތުން އެ ސްކޫލަށް ވަޑައިގަތުމުން ސްކޫލުގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ޒިޔާރަތުގައި މެޑަމް ފާތުން ވަނީ ގަރުނަކަށް ވުރެން ގިނަ ދުވަސްވެފައިވާ އެ ސްކޫލް ބައްލަވާލައްވާފައެވެ.

މެޑްމަ ފާތުން ވަނީ މިއަދު ޗައިނާގެ 'ގްރޭޓް ހޯލް އޮފް ޕީޕީލް' އަށް ވެސް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

މެޑަމް ފާތުން ޗައިނާގެ ގްރޭޓް ހޯލް އޮފް ޕީޕަލް ބައްލަވާލައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މީގެ 58 އަހަރު ކުރިން ބިނާކޮށްފައިވާ ގްރޭޓް ހޯލް އޮފް ޕީޕަލް

އަކީ ޗައިނާގެ އެންމެ ރީތިކޮށް އިމާރާތްކޮށްފައިވާ 10 އާމާރާތުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.

ޗައިނާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް މަގްބޫލް އެ އިމާރާތަކީ އެ ގައުމުގެ ސަރުކާރުގެ ބައްދަލުވުންތަކުގެ އިތުރުން ބޮޑެތި އިޖްތިމާއީ އަދި ސިޔާސީ ބައްދަލުވުންތަކެއް ވެސް ބާއްވާ ތަނެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ޗައިނާ އަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.