ރާއްޖެ އާއި ޗައިނާ އާ ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރު 12 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ސަރުކާރުގެ އިސްވެރިންގެ ވަފުދެއް މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއްބަސްވުމުން ތަކުގައި ސޮއިކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން ބައިވެރިވެވަޑައިގަތެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް:

  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަން ވިތްއިން ދަ ފްރޭމްވޯރކް އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް" - މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ ވަންގް ޔީ.

  • އެގްރީމަންޓް އޮފް އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" - މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާން
  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ކޯޕަރޭޝަން އިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާން
  • އެކްސްޗޭންޖް ލެޓަރ އޮން ދަ ޗައިނާ އެއިޑް މައިކްރޯ ގްރިޑް ސީ ވޯޓަރ ޑިސެލިނޭޝަން ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާން
  • އެކްސްޗޭންޖް ލެޓަރ އޮފް ފީސިބިލިޓީ ސްޓަޑީ އޮން ދަ ޗައިނާ އެއިޑް މުނިސިޕަލް ސޮލިޑް ވޭސްޓް ޓްރީޓްމަންޓް އެންޑް ރިސައިކްލިންގް ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާން
  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން ހިޒް އެކްސެލަންސީ ލީ ބިން.
  • ދަ ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްސަރވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" - އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑްމިނިސްޓްރޭޓަރ އޮފް ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން ވަންގް ހޮންގް
  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަން އެންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" - ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަންގެ ޗެއާމަން ގުއޯ ޝުކިންގް
  • މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްލޭނިންގް ބިޓްވީން މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް" - ދިވެހި ސަރުކ/ަރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާމަން ހޫ ހުވައިބަންގް
  • ފްރޭމްވޯކް އެގްރީމަންޓް އޮން ކޯޕަރޭޝަން އިން ރިލޭޝަން ޓު ޖޮއިންޓް ޑިވެލޮޕްމަންޓް އޮފް އެއާޕޯޓް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް އިން ހުޅުމާލެ، ރިޕަބްލިކް އޮފް މޯލްޑިވްސް ބައި އެންޑް ބިޓްވީން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެންޑް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް" - ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިނގް ޑިރެކްޓަރ މުޙައްމަދު ސައިމަން.
  • ފެސިލިޓީ އެގްރީމަންޓް ފޮރ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ލިންކް ރޯޑް ކަނެކްޓިންގް ހުޅުލެ އެންޑް ހުޅުމާލެ ޕްރޮޖެކްޓް ބިޓްވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް" - އެޗްޑީސީގެ އެމްޑީ ސައިމަން

މީގެ އިތުރުން ޗައިނާ އާއި ރާއްޖެއާ ދެމެދު އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ. އެ އެއްބަސްވުމުގެ ނަމަކީ "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އެވެ.