08 Aug 2011, 13:38
ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ފައުންޑޭޝަން ކޯސްތައް އަރަބި ބަހުން ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވިލާ ކޮލެޖުން ބުނީ ފައުންޑޭޝަންތަކުން ނިމި، ޑިގްރީ އަށް ވަންނަ ކުދިންނަށް ޑިގްރީ ކިޔަވައިދޭނީ ވެސް އަރަބި ބަހުން ކަމަށެވެ. އެހެންނަމަވެސް ޢަރަބި ބަސް ނޭނގޭ ދަރިވަރުންނަށް ވެސް ފައުންޑޭޝަނަށް ވަދެވޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި ޢަރަބި ބަސް އަލަށް ދަސްކޮށްދީގެން ޑިގްރީގައި ޢަރަބި މާއްދާތައް ކިޔެވޭ ވަރަށް ތައްޔާރު ކުރެވޭނެ ކަމަށް ވެސް ވިލާ ކޮލެޖުން ބުންޏެވެ.
ވިލާ ކޮލެޖުން ބުނީ 2012 ފެށިގެން ޝަރީޢާ ފެކަލްޓީގެ ހުރިހާ މަރުހަލާއެއް ވެސް ކިޔަވައިދޭނީ ޢަރަބި ބަހުން ކަމަށެވެ. ނަމަވެސް ކޮމްޕިއުޓާ ސައެންސާ އިނގިރޭސި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނެ އެވެ.
ވިލާ އިން ބުނީ މިގޮތަށް ހަމަޖެހުމާ ގުޅިގެން އެ ކޮލެޖުގެ ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑިގްރީ ފައުންޑޭޝަނަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.