08 Aug 2011, 13:21
އިންޓައަށް އެހެން ކްލަބަކުން ރަނގަޅު އަގެއް ދީފި ނަމަ އޭނާ ދޫކޮށްލާނެކަމަށާއި މިވަގުތު ހުރީ ސޭލްގައި ކަމަށް އިންޓަމިލާންގެ ހޮލެންޑް ތަރި ވެސްލީ ސްނައިޑާ ބުނެފި އެވެ.
ސްނައިޑާ ބުނީ އިންޓައިން އޭނާ ވިއްކާލަން ބޭނުން ވަނީ ކްލަބަށް ފައިސާ ބޭނުންވާތީކަމަށެވެ.
"އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އިންޓަމިލާނަށް ފައިސާގެ ބޭނުންޖެހިފައިވާތީ އަހަރެން މިހިރީ ސޭލެއްގައިކަން. އިނގިރޭސިންނާއިއެކު އަންނަ ބުދަ ދުވަހުކުޅޭ އެކުވެރިކަމުގެ މެޗަށްފަހު އަހަރެންނަށް ފަސް ދުވަސް ލިބޭނެ. އެދުވަސްތަކުގައި އަހަރެންގެ ކުރިމަގު އެނގޭނެކަމަށް އުންމީދުކޮށްގެން މިހިރީ." ސްނައިޑާ ބުންޏެވެ.
ސްނައިޑާ ހޯދަން މަސައްކަތްކުރާކަމަށް ރިޕޯޓްތައް ބުނަމުންދަނީ މެންޗެސްޓާ ޔުނައިޓެޑާއި މެން ސިޓީ އެވެ. ނަމަވެސް ސްނައިޑާ ހޯދަން މަސައްކަތް ނުކުރާކަމަށް މެންޔޫގެ ކޯޗް ފާގަސަން ވަނީ ބުނެފަ އެވެ.