07 Dec 2017, 10:56
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއާއި އޭނާގެ ލޯބިވެރިޔާ އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ އަންނަ ހަފްތާގައި ކައިވެނި ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ އަނުޝްކާ ދޮގުކޮށްފިއެވެ.
އަނުޝްކާގެ ފަރާތުން އޭނާގެ ތަރުޖަމާނު ބުނެފައިވަނީ އަންނަ ހަފްތާގައި އޭނާއާއި ވިރާތު ކައިވެނި ކުރަން އުުޅޭކަމަށް ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ.
އިއްޔެ އިން ފެށިގެން ޓްވިޓާގައި އެންމެ ބާރަށް ދެކެވުނީ އަންނަ ހަފްތާގައި އެ ދެމީހުންގެ ކައިވެނި ކުރަން އުޅޭ ވާހަކައެވެ. އެމީހުންގެ ކައިވެންޏަކީ ޑެސްޓިނޭޝަން ވެޑިންއެއް ކަމަށާއި ކައިވެނި ހަފްލާ ބާއްވަން ނިންމާފައިވަނީ އިޓަލީވިލާތުގައި ކަމަށް އިއްޔެ އާއި މިއަދު އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަނުޝްކާއާއި ވިރާތު އެކުގައި އުޅޭތާ އަހަރުތަކެއް ވެފައިވާއިރު ދެމީހުންގެ ކައިވެނި ކުރާނީ ކެރިއަރުގައި ރަނގަޅަށް ހަމަޖެހުމަށްފަހު ކަމަށް އަނުޝްކާ ވަނީ މީގެ ކުރިން ބުނެފައެވެ.