07 Dec 2017, 09:24
"ޑިއާ ޒިންދަގީ"ގައި ހަރަކާތްތެރިވީ އެ ފިލްމުގައި އާލިއާ ބަޓް ލީޑް ރޯލެއް ކުޅޭތީ ކަމަށް ބޮލީވުޑްގެ ކުޅަދާނަ ބަތަލު ޝާހްރުކްހާން ބުނެފިއެވެ.
ޝާހްރުކް ބުނީ އޭނާ އަބަދުވެސް އާލިއާއާ އެކީ މަސައްކަތްކޮށްލާ ހިތްވާ ކަމަށާއި އޭނާ އަކީ ހުނަރުން ފުރިގެންވާ މޮޅު ބަތަލާއެއް ކަމަށެވެ.
"އޭނާ ގެންނާނީ ހަމަ މަޑުން އިނދެލައިފައި ހީވެސް ނުކުރާހާ މޮޅު އެކްޓެއް. ފުރަތަމަ އިނދެފާނެ މަޑުމަޑުން. ދެން ހަމަ އެ ސީން ތެރެއަށް ވަދެވުމާ އެކީ މޮޅު އެކްޓެއް އޭނާ ދައްކާނެ. އޭނާ އަކީ ހަމަ އަޖައިބުވާހާ މޮޅު ފަންނާނެއް،" އޭނާ ބުންޏެވެ.
ޝާހް ބުނީ އާލިއާގެ ކުޅަދާނަކަން ގިނަ ތަރިން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އޭނާއާ އެކީ މަސައްކަތްކޮށްފައި ހުންނަ ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ވާނެ ކަމަށެވެ.
އާލިއާ ފިލްމީ ދާއިރާއަށް ނެރެ ދިނުމުގައި އެންމެ ބޮޑު ހިއްސާ އަދާ ކުރި ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރަކީ އޭނާގެ ހަޔާތުގައި ވެސް ވަރަށް މުހިއްމު މީހެއް ކަމަށް ޝާހް ބުންޏެވެ.