ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ޗައިނާއަށް ވަޑައިގަންނަވާތީ އެ މިނިސްޓްރީ ވަގުތީ ގޮތުން ބެލެހެއްޓުމަށް ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު އާސިމް ޗައިނާއިން އެނބުރި ވަޑައިގަންނަވަން ދެން ޔޫތު މިނިސްޓަރު އެ މިނިސްޓްރީގެ ކަންތައްތައް ގާތުން ބައްލަވާނެ ކަމަށެވެ.

" މިނިސްޓަރު ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވާނަމަ އަބަދުވެސް ރައީސް އޮފީހުން ހަވާލުކުރައްވާނެ ކޮންމެވެސް ކެބިނެޓް މެމްބަރަކާ. އެ ގޮތުން މި ފަހަރު ހަވާލުކުރެއްވީ ޔޫތު މިނިސްޓަރާ. މިއީ ވަރަށް ރޫޓިންކޮށް ހިނގާ ކަމެއް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ޑރ. އާސިމް ޗައިނާއަށް ވަޑައިގަންނަވަނީ ރައީސްގެ އަރިހުގައި ސަރުކާރުގެ ހާއްސަ ވަފުދުގެ މެމްބަރެއްގެ ގޮތުގައެވެ.