06 Dec 2017, 11:36
ދެ ރުފިޔާގެ ފައިސާ ފޮތީގެ ތިންވަނަ ސްޓޮކް ރާއްޖެ ގެނެސްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަލަށް ބެނުން ކުރަން ފެށި ދެ ރުފިޔާގެ ލުއި ފައިސާ ފޮތީގެ ފުރަތަމަ ސްޓޮކް ރާއްޖެ ގެނެސްފައިވަނީ މި އަހަރުގެ މެއި މަހުގެ ފަހު ކޮޅުގައެވެ. އަދި ދެވަނަ ސްޓޮކް ގެނެސްފައިވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުގައެވެ.
އެމްއެމްއޭއިން އިއްޔެ ނެރުނު ނޫސްބަޔޭނެއްގައި ބުނެފައިވަނީ ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން އިއްޔެ ރާއްޖެ ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާކަމަށެވެ.
އަލަށް ތައާރަފްކުރި ދެ ރުފިޔާގެ ފައިސާފޮތި ވިޔަފާރީގައި ބޭނުން ކުރަން ފަށާފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައި ވަނީ ނިކަލް ބްރާސްގެ މައުދަން ކަމަށްވާ އިރު އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ބަރުދަނުގައި 6.20 ގްރާމް ހުންނަ އިރު ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުރެ އެވެ. އަދި އެ ފައިސާ ފޮތީގެ ކައިރިފަށް ފަރުމާކޮށްފައި ހުރީ އޮމާންކޮށެވެ.