ދުނިޔޭގެ ނަން މަޝްހޫރު ޗެނަލް ބީބީސީ އިން ޝަޝީ ކަޕޫރުގެ މަަރުގެ ހަބަރުގެ ވީޑިއޯ ގެނެސްދިނުމުގައި އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރުގެ ވީޑިއޯ ގެނެސްދެވިފައިވާތީ އެ ޗެނަލުން މައާފަށް އެދިއްޖެއެވެ.

"ހަބަރު ތެރެއިން ގެނެސްދެވުނީ އަމީތާބް އަދި ރިޝީ ކަޕީރުގެ ވީޑިއޯ ކްލިޕެއް. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް ލިބުނު. ބެލުންތެރިންގެ ކިބައިން އެކަމަށް ނިހާޔަތަށް މައާފަށް އެދެން،" ބީބީސީ އިން ބުންޏެވެ.

އެ ވީޑިއޯ އާންމުވުމުގެ ސަބަބުން މުޅި ޓްވިޓާގައި ވެސް ދިޔައީ އެކަމަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ޝަޝީކަޕޫރު -- ފޮޓޯ: ބީބީސީ

އުމުރުން 79 އަހަރުގައި ޝަޝީ ކަޕޫރު މަރުވެފައިވަނީ ކިޑްނީ ފެއިލްވެ މުމްބާއީގެ ކޮކިލަބެން ދިރުބައި އަމްބާނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޝަޝީގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ކަބީކަބީ، ދީވާރު އަދި ތްރިޝޫލް ފަދަ ފިލްމްތައް ހިމެނެއެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި ޝަޝީއަށް ވަނީ އިންޑިއާ ސަރުކާރުން ދޭ، ޕަދުމާ ބުޝަން އެވޯޑު ލިބިފައެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ، ދާދާސާހެބް ފަލްކޭ އެވޯޑްހޯދައިފައެވެ.