06 Dec 2017, 10:39
އާންމުކޮށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން، ސިމް ލައްވަން ނުޖެހޭ އައިޕޯން އެކްސްއެއް އެޕަލް އިން ތައާރަފްކޮށްފިއެވެ.
މި ފޯނަކީ އަންލޮކް ކޮށްފައިވާ ފޯނެއް ކަމަށާއި ޖީއެސްއެމް އަދި ސީޑީއެމްއޭ ނެޓްވޯކްތަކުގައި ބޭނުންކުރެވޭނެ ފޯނެއް ކަމަށް ހަބަރުތައް ބުނެއެވެ.
މި ފޯނު މިހާރު އެޕަލްގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. މިއީ ސިމްއަކާ ނުލާ ކޮންމެ ނެޓްވޯކެއްގައިވެސް ބޭނުންކުރެވޭނެ ފޯނެކެވެ.