06 Dec 2017, 09:37
ދ. ކުޑަހުވަދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން 18 އަހަރުން ދަށުގެ ހަތަރު ކުއްޖަކާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، އެ މާރާމާރީއާ ގުޅިގެން ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރޭ ކަމަށާއި އަދި ހައްޔަރުކޮށްފައިވަނީ ވެސް ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ކުޑަހުވަދޫގައި ހިންގި އެ މާރާމާރީގައި އެކަކަށް ވަނީ ޒަހަމްތަކެއް ލިބިގެން އެރަށުގު ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވިއެވެ.