05 Dec 2017, 16:45
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގުގެ ފަޔަރ ސްޓޭޝަން ކުރިމަތީގައި ކަމަށާއި އެ އެކްސިޑެންޓް ހިނގިކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 02:05ގައި ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި އެކަކަަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށާއި އަދި އަނެކަކު އޮތީ މިހާރު އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.