10:00


ހެންވޭރުގައި ހުންނަ ގެއަކުން ޑަސްޕިން އުކަން ދިޔަ މީހަކު އެއިމާރާތުގެ ތިން ވަނަ ބުރީގެ ވައިގޮޅުން ވެއްޓިގެން އަނިޔާވެއްޖެ އެވެ.


ފުލުހުން ބުނީ އެ މީހާ ވެއްޓުނީ މިއަދު ހެނދުނު 8:30 ހާއިރު ހެންވޭރު ނިރޮޅުމަގުގައި ހުންނަ އޯކިޑްވިލާގެ ތިން ވަނަ ބުރިން ކަމަށާއި އޭނާ ވެއްޓުނީ އެގޭ ތިން ވަނަ ބުރީގެ ޑަސްބިން ވައިގޮޅު ތެރެއިން ތިރިއަށް ބާލަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެ މީހަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.