05 Dec 2017, 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިލިމާލޭގެ ގޭބިސީ ތަކުން ކުނި އުކައި ދިނުމުގެ ހިދުމަތް ފަށައިފިއެވެ.
ވެމްކޯއިން ބުނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދޭން ފަށާފައިވާއިރު އެކުންފުނީގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ 200 ގޭބީސީ އަކުން ކުނި އުކުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
ގެބީސީ ތަކުން އެކަނި ކުނި އުކާއިރު މި މަހު ތެރޭގައި ވިޔަފާރިތަކާއި އިމާރާތްތަކުން ކުނި އުކުމުގެ ހިދުމަތް ފަށާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ޖުމްލަ ތިން ޒޯނަކަށް ބަހާލައިގެން ވިލިމާލޭގެ ކުނި އުކާލާއިދިނުމުގައި 17 މުވައްޒަފުން ހަރަކާތްތެރިވާ އިރު ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން ބުނީ މިހާރުވެސް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ވެމްކޯގެ ބިލަށް ފައިސާ ބަލައިގަތުން އޮންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9.00 ހަވީރު 3.00 އަށް އިންޑަސްޓްރިއަލް ވިލެޖް ސައިޓުންކަމަށެވެ.