05 Dec 2017, 10:24
ސްޓާ ޕްލަސް އިން ކޮންމެ އަހަރަކު ގެނެސްދޭ ސްޓާ ސްކްރީން އެވޯޑްސްގައި 2017 ވަނަ އަހަރުގެ އެންމެ ކާމިޔާބު އެންމެ މޮޅު ބަޠަލާ އަކަށް ވިދްޔާ ބާލަން އަދި ބަޠަލްގެ މަގާމް ރާޖްކުމާރު ރޯއީ އަށް ލިބިއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ބޮލީވުޑްގެ އެންމެ ބޮޑު އެއް ހަފްލާގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިންތަކެއް ބައިވެރިވެފައެވެ.
ވިދްޔާއަށް އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް ލިބުނީ ފިލްމް 'ތުމްހާރީ ސޫލޫ' އިންނެވެ. އަދި އެކްޓަރުގެ މަގާމް މިފަހަރު ހޯދީ ފިލްމް 'ނިއުޓަން' އިން ރާޖްކުމާރު ރޯއީ އަދި ފިލްމް 'ހިންދީ މީޑިއަމް' އިން އިރުފާން ހާން އެވެ.
އެންމެ ގިނަ އެވޯޑްތައް ފިލްމް 'ދަންގަލް' އިން ގެންދިޔަ އިރު އެ ފިލްމަށް ވަނީ ޖުމްލަ 6 އެވޯޑް ލިބިފައެވެ.
އެއާއެކު އެންމެ މޮޅު ޑައިރެކްޝަނަކަށް މިފަހަރު ހޮވުނީ ގިނަ އެވޯޑްތަކެއް ހޯދި ފިލްމް 'ދަންގަލް' ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.
ދަންގަލް ފިލްމަށް ލިބުނު އެވޯޑްތައް
ބެސްޓް ބެކްރައުންޑް ސްކޯ: ޕްރީތަމް
ބެސްޓް މިއުޒިކް ޑައިރެކްޓާ: ޕްރީތަމް
ބެސްޓް ލިރިކްސް: އަމީތާބު ބަޗަޓާރިއާ
ބެސްޓް އެޑިޓިންގް: ބައްލޫ ސަލޫޖާ
ބެސްޓް ޑެބިއު: އަޕަރްޝަކްތީ ކުރާނާ
(އިންޑިއާޓުޑޭ)