04 Dec 2017, 10:43
"ލިންކްސޭލް ސެވަންޓީން އެއިޓީން"ގެ ނަމުގައި ލިންކްސާވްއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެންބަރު އެއް ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް މ.ގޫޑްނަސް، ކަނބާއައިސާރަނި ހިނގުމުގައި ހުންނަ ލިންކްސާވްގެ މައި ޝޯރޫމްގައި ކަމަށް ލިންކްސާވް އިން ބުންޏެވެ.
ލިންކްސާވް އިން ބުނީ، އެ ޕްރޮމޯޝަންގައި 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ތަފާތު މުދާތައް ހިމެނޭ ކަމަށެވެ. އެގޮތުން ނެޓްވޯކް ސާމާނާއި އައިޓީ މަސައްކަތް ކުރާ ޓޫލް އަދި ޕެން ޑްރައިވްއާއި އެކްސްޓާނަލް ހާޑް ޑިސްކް ފަދަ އެތައް ސާމާނެއް މި ޕްރޮމޯޝަންގައި ހިމަނާފައި ވާކަމަށް އެ ފިހާރައިން މައުލޫމާތުދެ އެވެ.
ލިންކްސާވް އަކީ އައިޓީ ދާއިރާގެ އެކި ސާމާނާއި ސެކިއުރިޓީ ޑިވައިސް އަދި ސޯލާ ފަދަ ތަކެތި ވިއްކާ ޚިދުމަތްދޭ ފިހާރައެކެވެ.