04 Dec 2017, 09:38
ޝުޖިތު ސިރްކާ ޑައިރެކްޓްކޮށް ވަރުން ދަވަން ލީޑް ރޯލް ކުޅޭ ފިލްމް "އޮކްޓޯބަރ" އަކީ 'ޑްރީމް' ޕްރޮޖެކްޓެއް ކަމަށް ވަރުން ބުނެފިއެވެ.
ބޮލީވުޑްގެ ކުޅަދާނަ ބަޠަލް ވަރުން ބުނީ 'އޮކްޓޯބަރ" ފިލްމުގައި އޭނާއަށް ކުޅެލަން ލިބުނީ ފެށުނީއްސުރެން އޭނާ ވަރަށް ކުޅޭ ހިތުން އުޅޭ ކަހަލަ ރޯލެއްކަމަށާއި ވަކިން ހާއްސަކޮށް ފިލްމްގެ ޑައިރެކްޓަރު ޝުޖިތު އާ އެކީ މަސައްކަތްކޮށްލުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.
"އަބަދުވެސް ފެށުނީއްސުރެން އޭނާ އާ އެކީ މަސައްކަތް ކުރާ ހިތްވޭ. ހަމަ ހުވަފެނެއް އެއީ. އަނެއްކޮޅުން ދުވަސްގަނޑަކަށް ފަހު ތަފާތު ރޯލަކުން ފެންނަން މިއުޅެނީ. މިއީ ހަމަ ޑްރީމް ޕްރޮޖެކްޓެއް. އަސްލު ފިލްމަކަށް ވުރެ މި ފިލްމް އަހަރެންނަށް މާ ހާއްސަ. ފިލްމްގެ ސަބަބުން އަހަރެން މުޅިން ބަދަލުކޮށްލައިފި. ތަފާތު މީހެއް މިހާރު އަހަރެންނަކީ،" އޭނާ ބުންޏެވެ.
"އޮކްޓޯބަރ" ފިލުމުގެ ޝޫޓިންގް މިދިޔަ އޮކްޓޯބަރު މަހު ފެށިފައިވާއިރު ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުއެވެ.
ފިލުމުގައި ހަރަކާތްތެރިވާ ބަތަލާއަކީ ޕަންޖާބުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފިލުމުގެ ބަތަލާ ބެނީތާ ސަންދޫ އަކީ އުމުރުން 11 އަހަރުން ފެށިގެން އެކްޓްކުރާ ކުއްޖެކެވެ. ނަމަވެސް ބެނީތާ އާންމުންނަށް އެނގެން ފެށީ އޭނާ ކުޅުނު "އޭކް އަޖްނަބީ ހަސީނާސޭ" ކިޔާ ވީޑިއޯ ލަވައިންނެވެ. ނަމަވެސް މި ފިލްމަކީ އޭނާ އަލަށް ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ.