ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިތައް ހިނަމައިގެން އެކުލަވާލާ ގޯލްޑް 100 އަށް ނަން ނޮމިނޭޓް ކުރުމަށް ހުށަހެޅުން މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެފި އެވެ.

ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިންއެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސް އިން ހޮވާ ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ހޮވުމަށް ބާއްވާ ގާލާ އިވެންޓް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނި ހޮވުމުގެ ކަންތައް ކުރިއަށްދާނީ ދެ ފުށްފެންނަ، އިންސާފުވެރި ގޮތަކަށް ކަމަށާއި ގޯލްޑް 100ގެ ގޮތުގައި ހޮވާ ކުންފުނިތަކަކީ ރާއްޖޭގެ އެންމެ ކާމިޔާބު 100 ކުންފުނިކަން ޔަގީން ކުރާނެ ކަމަށެވެ.

މި ލިސްޓުގައި ކުންފުނިތައް ހިމަނާނީ އަލްފަބެޓިކަލް އޯޑަރުން ކަމަށާއި އިތުރު ގޮތަކަށް ވަނަ ހޮވުމަކާ ނުލާ ކަމަށް ވެސް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ވަނީ މި ލިސްޓަށް ނަން ހުށަހަޅާ ކުންފުނިތަކުގައި ހުންނަން ޖެހޭނެ ޝަރުތުތައް ވެސް އާންމުކޮށްފަ އެވެ. ނޮމިނޭޝަނަށް ހުށަހަޅާ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާންޖެހެ އެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭ ރާއްޖޭގައި ހަރަކާތްތެރިވާ 100 މިލިއަން ރުފިޔާގެ ރެވެނިއު އެއް 2016 ވަނަ އަހަރު ލިބިފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭ ބުނެފައިވެ އެވެ.

މި ލިސްޓުގައި ކުންފުނިތައް ހިމަނާ އިރު ކާމިޔާބީ އަށާއި ބިޒްނަސް އޮޕަރޭޝަން އަދި ސީއެސްއާރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ މިންވަރަށް ވެސް ބަލާނެ އެވެ. އެ ލިސްޓުގައި 18 ދާއިރާ އަކުން ކުންފުނިތައް ހިމަނާނެ އެވެ.

މި ލިސްޓަށް ކުންފުނިތައް ހޮވާނީ ޓެކްސް އެޑްވައިޒަރީ ފާމް ސީޓީއެލް އިން އިވެލުއޭޓް ކުރުމަށްފަހު އެވެ.

ގޯލްޑް 100 އަށް ނޮމިނޭޓްް ކުރުމަށްhttp://gold100.corporatemaldives.com